1
ލޫކާސް 34:23
ކިތާބުލް މުޤައްދަސާ
އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.
Thelekisa
Phonononga ލޫކާސް 23:34
2
ލޫކާސް 43:23
އީސާގެފާނު ޖަވާބުގައި އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން ކަލެއަށް ޔަޤީން ކަމާއިއެކު ބުނަން. ކަލޭ އަހަރެންނާއި އެކު ހަމަ މިއަދު ސުވަރުގޭގައި ވާނެ.“
Phonononga ލޫކާސް 23:43
3
ލޫކާސް 42:23
ދެން އޭނާ އީސާގެފާނަށް ދެންނެވިއެވެ. ”އީސާގެފާނު! ކަލޭގެފާނުގެ ރަސްކަންފުޅުގެ ދުވަހުގައި އަޅުގަނޑުގެ މަތިން ހަނދުމަފުޅު ކުރައްވާތި.“
Phonononga ލޫކާސް 23:42
4
ލޫކާސް 46:23
”ބައްޕާ! އަހަރެންގެ ފުރާނަ ބައްޕައާއި ހަވާލު ކުރަން.“ މިހެން ވިދާޅުވި ހިނދު އެކަލޭގެފާނުގެ ފުރާނަފުޅު އެކަލޭގެފާނުގެ ހަށިކޮޅާއި ވަކިވެއްޖެއެވެ.
Phonononga ލޫކާސް 23:46
5
ލޫކާސް 33:23
އެބައިމީހުން އީސާގެފާނާއި މި ދެކުށްވެރިންގެ މީހުން ”ބޮލުގެ ނާށިގަނޑުގެ މަޤާމޭ“ ނަމަކަށް ކިޔުނު ހުސް ބިމަށް ގެންދިޔައެވެ. އަދި އެތާނގައި މިބައިމީހުން އީސާގެފާނު ސަލީބަށް އެރުވިއެވެ. އަދި މި ދެކުށްވެރިން ވެސް އެކަކު އީސާގެފާނުގެ ކަނާއަތްޕުޅު ފަރާތުގައި އަދި އަނެކަކު އެކަލޭގެފާނުގެ ވައަތްޕުޅު ފަރާތުގައި ވާ ގޮތަށް ސަލީބަށް އެރުވިއެވެ.
Phonononga ލޫކާސް 23:33
6
ލޫކާސް 44:23-45
މެންދުރުން ގާތްގަނޑަކަށް ބާރަ ޖަހާ އެހާކަން ހާ އިރު ކުއްލިއަކަށް އިރުގެ އަލިކަން ކެނޑި މުޅި ރަށް އަނދިރި ވެއްޖެއެވެ. މެންދުރު ފަހު ތިނެއް ޖަހަން ދެން މިއަނދިރި ކަން މިފަދައިން ދެމި ހުއްޓެވެ. ދެން އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ ޚާއްސަ ފަރުދާ ދެފަޅިއަށް އިރިގެން ދިޔައެވެ. އެވަގުތު އީސާގެފާނު ގަދަ އަޑުފުޅުން ގޮވައި ލެއްވިއެވެ.
Phonononga ލޫކާސް 23:44-45
7
ލޫކާސް 47:23
މިކަންތައްތަކާއި ހަވާލު ވެގެން ހުރި ރޯމުގެ ސިފައިންގެ އޮފިސަރު ބުންޏެވެ. ”މިމީހާއަކީ އެއްވެސް ކުށެއްނެތް ރަނގަޅު މީހެއް ކަން ހަމަ ޔަޤީން.“ މިފެނި ދިޔަ ހުރިހާ ކަންތައްތަކެއްގެ ސަބަބުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ.
Phonononga ލޫކާސް 23:47
I-YouVersion isebenzisa ii cookies ukwenza amava akho abe ngawe. Ngokusebenzisa i-website yethu, uyakwamkela ukusebenzisa kwethu ii cookies njengoko kuchaziwe kuMgaqo-nkqubo wethu
Ekuqaleni
IBhayibhile
Izicwangciso
Iividiyo