މަރުކުސް 41:12-42
މަރުކުސް 41:12-42 ކމ
އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި ބެހެއްޓިފައިވާ އެތަނުގެ ބައިތުލްމާލު ފޮއްޓާއި ކައިރީގައި މީސްތަކުން އެ ޚަޒާނާ ފޮއްޓަށް ފައިސާ އަޅަމުން ގެންދާ ތަން ބައްލަވަން ހުންނެވިއެވެ. މީސްތަކުން އެ ފޮއްޓަށް ފައިސާ އަޅަމުން ދިޔަ ހިނދު މުއްސަނދި ފައިސާވެރިން އެ ފޮއްޓަށް ގިނަ ޢަދަދެއްގެ ފައިސާ އެޅިއެވެ. އެހެނަސް ހުވަފަތް ނިކަމެތި އަންހެނަކު އައިސް އެ ކަނބުލޭގެ އަތުގައި ވީ ރަތުލޮއިގެ ދެ ކުޑަ ލާރި އެ ފޮއްޓަށް ލިއެވެ. މި ދެ ފައިސާ ފޮތީގެ އަގު ވާނީ ލާރިއެއް ހާ ވަރެވެ.