މަންދޫބުންގެ މަސައްކަތް 17:11-18
މަންދޫބުންގެ މަސައްކަތް 17:11-18 ކމ
އަހަރެމެން ވެސް މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލު ކުރުމުން މާތްރަސްކަލާނގެ ހަމަ އަހަރެމެންނަށް ވެސް ދެއްވި ހަދިޔާ އެމީހުންނަށް ވެސް ދެއްވި. ވީއިރު އެކަމާއި ދެކޮޅަށް އަހަރެން ބުނާނީ ކީކޭ؟“ ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ޕަތަރަސްގެ މި ވާހަކަތަކުގެ އަޑު އިވުމުން އޭނާއާއި ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދާއި ޝުކުރު ކޮށް ސަނާކިޔެވެ. ”ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އެކަލާނގެ ކިބަފުޅަށް އެނބުރުމުގެ ފުރުސަތު މާތްރަސްކަލާނގެ ދެއްވައިފި. އަދި އެމީހުންނަށް ނިމުންނުވާ ދިރިހުރުން އެކަލާނގެ ދެއްވައިފި.“