މާތްރޫޙުފުޅު ފިލިޕުއަށް އެންގެވީ ހިނގާފައި ގޮސް އެ އަސްގާޑިޔަލާއި ހަމަކޮށް އެއާއި ކައިރީގައި ވުމަށެވެ.
ފިލިޕު ދުވެފަ ގޮސް އެ އަސްގާޑިޔަލާ އަރާ ހަމަ ކުރި އިރު އޭނާ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތްކޮޅުން ކިޔަމުން ދާ އަޑު އިވުނެވެ. ފިލިޕު އޭނާ ކުރެން ސުވާލު ކުރިއެވެ. ”މަނިކުފާނު ތިޔަ ކިޔުއްވަމުން ގެންދަވާ އެއްޗެއްގެ ފުރިހަމަ މާނަ މަނިކުފާނަށް ސާފުކޮށް އެނގޭތޯ؟“
އޭނާ ބުންޏެވެ. ”އަހަރެންނަށް މީގެ މާނަ ފުރިހަމައަށް ކިޔާ ނުދެނީސް އަހަންނަށް މި ރަނގަޅަށް އެނގި ވިސްނޭނީ ކިހިނެއް ތަ؟“ ދެން އޭނާ ފިލިޕުގެ ކިބައިން އެދުނީ އޭނާގެ އަސްގާޑިޔަލަށް އަރާ އޭނާ ކައިރި އިށީނުމަށެވެ.