YouVersion Logo
Search Icon

ޔޫނުސް 2

2
ބޮޑު މަހުގެ ބަނޑުތެރޭ އޮންނަވައިގެން ޔޫނުސްގެފާނު ކުރެއްވި ދުޢާފުޅު
1ދެން ޔޫނުސްގެފާނު އެ މަހުގެ ބަނޑުތެރޭގައި ލެއްވި ހިނދު މިފަދައިން ދުޢާފުޅު ކުރެއްވިއެވެ.
2”⁠މިއަޅާ ފުންކަނޑުގެ ކަށްވަޅުގައި މަރުގެ ތުންފަތްމަތީ މި މުސީބާތުގައި ވީ ހިނދު ތިޔަ މަތިވެރި ކަލާނގެއަށް ދުޢާ ދެންނެވީމު.
އިނބަރަސްކަލާނގެ އެދުޢާ އައްސަވައި ވޮޑިގަންނަވައި އިޖާބަ ކުރެއްވީމު.
3އިނބަރަސްކަލާނގެ މި އަޅާ ކަނޑުލެއްވި ހިނދު ފޮނުއަރައިގެން
ކެކެމުން އައި ބިޔަ ރާޅުތަކުގެ ހޮޅިދަށުވެ
ފުންކަނޑުގެ އެންމެ ފުންމިނަށް މިއަޅާ ގެނބިގެން ދިޔަ.
4އެ ހިނދު މިއަޅާއަށް ހީކުރެވުނު. އިނބަރަސްކަލާނގެ ބައްލަވާވޮޑިގަތުމުގެ ދަށުން
މިއަޅާ މި ބޭރުވީތާއޭ.
އެހެނަސް އެ މަތިވެރި ބައިތުލް މަޤްދިސަށް
މިއަޅާ އަލުން ގެންދަވާނެކަމުގެ އުންމީދު މިއަޅާ ގެއްލުވައެއް ނުލަން.
5ކެކިގެން އުތުރިއަރަމުން އައި
ލޮނުގަނޑު އައިސް ވަށާލައި މިއަޅާގެ ނޭވާ ހާސްކޮށްލި.
މޫދުވިނަތައް އައިސް މިއަޅާގެ ބޮލުގައި އޮޅާލި.
6ބިޔަ ފަރުބަދަތަކުގެ މުލާ ހަމަޔަށް ގެނބިގެންދިޔަ ހިނދު،
މަރު އައިސް މިއަޅާ ގެންގޮސް ގައިދުކޮށްލި ހިނދު،
އިނބަރަސްކަލާގެ އެ އަނދިރިވަޅުގަނޑުން މިއަޅާ ނެރުއްވީމު.
7މިއަޅާގެ ދިރިހުރުމުގެ ހުޅުކޮޅު ކަނިވެ މަރު ގާތްވެގެން އައި ވަގުތު
އިނބަރަސްކަލާގެ މަތިން ހަނދުމަވެ ދުޢާ ދެންނެވީމު.
އިނބަރަސްކަލާގެ މަތިވެރި ދަރުބާރުން އެދުޢާ އައްސަވައި އިޖާބަ ކުރެއްވީމު.
8އަގެއް ނެތް ބުދުތަކަށް އަޅުކަންކޮށް އުޅޭ މީހުން އެތިބެނީ
އޯގާވެރި ކަލަކަށް ފުރަގަސްދީގެން.
9އެހެނަސް މިއަޅާ އިނބަރަސްކަލާނގެއަށް
މަދަހަ ސަނާގެ ޤުރުބާނީއެއް ހަރުއަޑުން ހުށަހަޅަން.
މިއަޅާގެ ނަދުރު ފުއްދާހުށީން.
މިއަޅާއަށް ދިންނެވުން ލިބުން އޮތީ އިނބަ ރަސްކަލާނގެ ކިބަފުޅުން.⁠“
10އެ ހިނދު މާތްރަސްކަލާނގެ އެމަހަށް އަމުރުފުޅު ކުރެއްވުމުން ހިކިފަސްތަނަކަށް ގޮސް އެ މަސް އެކަލޭގެފާނު ހޮޑަށްލައިފިއެވެ.

Currently Selected:

ޔޫނުސް 2: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in