ޔޫނުސް 3
3
ޔޫނުސްގެފާނު މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންގަތުން
1-2އަނެއް ފަހަރު ވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް އަމުރުފުޅު ކުރެއްވިއެވެ. ”ނީނަވާއަކީ ބޮޑު ރަށެއް. އެރަށަށް ގޮސް އެ ރަށުގެ މީހުންނަށް ތިމަންކަލާނގެ ފަރާތްޕުޅުން އިންޒާރުގެ ޚަބަރު އިއްވާށޭ.“ 3ދެން ޔޫނުސްގެފާނު އެ އަމުރުފުޅަށް ތަބާވެ އެރަށަށް ދިއުމަށް ހިންގަވައި ވަޑައިގަތެވެ.
ނީނަވާއަކީ ވަރަށް ބޮޑު ރަށެކެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަން ތިން ދުވަސް ހޭދަވިއެވެ. 4އެކަލޭގެފާނު އެރަށަށް އަރައިވަޑައިގެންނެވި ފުރަތަމަދުވަހު މި ފަދައިން އިންޒާރު ދެއްވިއެވެ. ”ސާޅީސް ދުވަހުގެ ތެރޭގައި މި ރަށް ނެތި ހަލާކުވެދާނެ.“
5ނީނަވާގެ އަހުލުވެރިން މާތްކަލާނގެ ކިބަފުޅުން އައި އިންޒާރު އަޑު އަހައި ކިޔަމަންގެންފިއެވެ. އަދި ކުޑައިން ބޮޑަށް އެންމެހައި މީހުން ކެއުން ބުއިން ހުއްޓާލައި މޮޅީން މޮޅި ސާލު ލައި ރޯދަޔަށް ތިބެއްޖެއެވެ.
ނީނަވާގެ އަހުލުވެރިން ތައުބާވުން
6ރަސްގެފާނަށް މި ޚަބަރު އިވިވަޑައިގަތުމުން ތަޚުތުން ފައިބައިވަޑައިގެން އިއްޒަތުގެ ހެދުންކޮޅު ބާލުއްވައި ކިއްތާނީގެ ދެރަ ހެދުމެއް ތުރުކުރައްވައި އަޅިއާއި ކިލާހުރި ބިމުގައި އިށީނދެވަޑައިގެންނެވިއެވެ.
7ދެން ކޮއިލުތެރޭން ރަސްގެފާނާއި ބޮޑުން މި ފަދައިން އަމުރު މަޢުރޫފު ނެރުއްވައިފިއެވެ. ”އެއް ވެސް މީހަކު އަދި އެއްވެސް ގެރިބަކަރި ޖަނަވާރަކުވިޔަސް މިއަދުން ފެށިގެން ކައިބޮއި ހަދައިގެން ނުވާނެއެވެ. 8ހުރިހާ އެންމެން ވެސް މޮޅިސާލު ލާށެވެ. މިކަމުން ޖަނަވާރެއް ވެސް އިސްތިސްނާއެއް ނެތެވެ. އަދި އެންމެހައި ވިޔާނުދާ ފާފަތަކުން ދުރުވެ މާތްކަލާނގެއަށް އަޑުން އަޑުނަގާ ދުޢާ ދެންނެވުންމަތީގައި ތިބޭށެވެ. 9ފަހަރުގައި މާތްކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އަހަރެމެންގެ މައްޗަށް އޯގާވަންތަވެ ވޮޑިގެން އަހަރެމެން މަރުން މިންޖު ކުރައްވައި މި ރަށް ސަލާމަތް ކުރައްވައި ފާނެއެވެ.“
10ދެން މާތްކަލާނގެ މި މީހުން އެ ގޮތަށް ކަންތައް ކުރިތަން ދެކެވޮޑިގެން އެމީހުންނާއިމެދު އެކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އެރަށް ހަލާކުކޮށް ނައްތަވާ ނުލައްވައި މިންޖު ކުރައްވައިފިއެވެ.
Currently Selected:
ޔޫނުސް 3: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.