ޔޫނުސް 1
1
ޔޫނުސްގެފާނު މާތްރަސްކަލާނގެއަށް ފިއްލަވަން ވަޑައިގެންނެވުން
1-2އެއްދުވަހަކު އަމިއްތާއިގެ ދަރިކަލުން ޔޫނުސްގެފާނަށް މާތްރަސްކަލާނގެ އެންގެވިއެވެ. ”ބޮޑު ރަށެއްކަމުގައިވާ ނީނަވާގެ މީހުންގެ އުޅުން މާބޮޑަށް ގޯސްވެއްޖެ.#1:1-2 ނީނަވާ އަކީ އުތުރު އީރާގުގެ ޓިގުރިސް ކޯރުގެ ކައިރި ހިސާބުގެ ރަށެއް. މިރަށް އޮންނަނީ މޯސެލްއާ ކުރިމަތީގައި. އެކަން ތިމަންކަލާނގެ ސަމާލުކަމަށް އަތުވެއްޖެ. އެވާހަކަ އެމީހުންގެ ގާތުގައި ގޮސް ބުނޭ!“
3މިހެން އެންގެވީމާ ޔޫނުސްގެފާނު ކަންކުރެއްވި ގޮތަކީ އިސްރާއީލުގެ ޔާފާގެ ގޮނޑުދޮށަށް ވަޑައިގެން އެތަނުން އޮޑިއަކަށް ކުލިދައްކަވައި އެއަށް އަރުއްވައިގެން ނީނަވާއާ ދިމާ އިދިކޮޅަށް ދާން އޮންނަ ތަރްޝީޝްއަށް ދިއުމަށް ދަތުރު ފެއްޓެވީއެވެ.#1:3 ޔާފާ އަކީ އިސްރާއީލުގެ ހައިފާއާއި މިޞްރާ ދެމެގައި އޮންނަ ރަށެއް. ތަރްޝީޝްއަކީ ނޫޙުގެފާނުގެ ކާފަ ދަރިކަލުންނަށް ނިސްބަތް ކުރެވިފައިވާ ނަމެކެވެ. އެއީ މިހާރުގެ ސްޕޭންގެ ރަށެއް ކަމަށްވާ ތަރްޝީޝްއެވެ. މާތްރަސްކަލާނގެއަށް ފިއްލެވުމަށް ކަމަށް ހިތައެވެ.
4ކަނޑު ދެބައި ނުވަނީސް މާތްރަސްކަލާނގެ އަމުރުފުޅަށް ގަދަފަދަ ވައިރޯޅިއެއް އައިސް ކަނޑު ގަދަކޮށްލައިފިއެވެ. އިސާހިތަކު އޮޑިއަށް ނުކަތާ ވަރުވެއްޖެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ އޮޑި ފުނޑުފުނޑުވެ ޣަރަގުވެދާނެ ހެންނެވެ. 5ފަޅުވެރިން ބިރުން ގޮތްހުސްވެ އެމީހަކު ދަންނަ ކަލާނގެއަކަށް ދުޢާކޮށް ކިޔުނު ހެޔޮ އެއްޗެއް ކިޔާ ރޮއިހޭރެން ފަށައިފިއެވެ. އަދި އެމީހެއްގެ އަތުޖެހުނު އެއްޗެއް ކަނޑަށް އުކައި އޮޑި ފެންމަތީގައި ބެހެއްޓޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. މިކަންތައް ހިނގަމުން ދިޔައިރު ޔޫނުސްގެފާނު އޮންނެވީ ވަތުތެރަށް އެރިވަޑައިގެން ގަދަ އަވަހާރަފުޅުގައެވެ. 6އޮޑީގެ ކައްޕިތާނަށް މިކަން އެނގުމުން އެކަލޭގެފާނަށް ގޮވައި ހޭފުޅު ލައްވައިފިއެވެ. މިވަރުވެގެން ދާއިރު ވެސް ކަލޭ ތިއޮންނަނީ ނިދާފައިތަ؟ ކައްޕިތާނު ރުޅިއައިސްގެން ބުންޏެވެ. ”ތެދުވެ ކަލޭގެ ކަލާނގެއަށް ވެސް ދަންނަވާބަލަ މި މުސީބާތުން އަހަރެމެން މިންޖު ކޮށްދެއްވާތޯ.“
7މި މުސީބާތެއް އެމީހުންނަށް މި ލައިގަތީ ކީއްވެތޯ ބެލުމަށް ފަޅުވެރިން އޭރު ދަނީ ފާލު ބަލަމުންނެވެ. ފާލަށް އެރީ އެކަލޭގެފާނެވެ. 8”ކަލޭ ތީ ކޮންތާކުން އައިސް އަރާހުރި ކާކުތަ؟“ އެމީހުން ހަޅޭލަވައިގަތެވެ. ”އަހަރެމެންނަށް މި މުސީބާތެއް މި ލައިގަތީ ކީއްވެތަ؟ ކަލޭ ތީ ކީއްކުރާ މީހެއްތަ؟“
9”އަހަރެން މީ ޢިބްރާނީއެއް.“#1:9 ޢިބްރާނީންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. މިމީހުން އަޅުކަންކޮށް ހަދަނީ މާތްރަސްކަލާނގެއަށެވެ. ޔޫނުސްގެފާނު ވިދާޅުވިއެވެ. ”އަހަންނަކީ އުޑުތަކާއި ބިމާއި ކަނޑު ހެއްދެވި މާތްރަސްކަލާނގެއަށް އަޅުކަން ކުރާ މީހެއް.“
10އެކަލޭގެފާނު އެއުޅުއްވަނީ މާތްރަސްކަލާނގެއަށް ފިއްލަވަންކަން އެކަލޭގެފާނުގެ ބަސްފުޅުން އެމީހުންނަށް އެނގުމުން އެމީހުން ގަތީ އަމަށަކު ބިރެއް ނޫނެވެ. ”ތިޔަވަރުގެ ކަމެއް ކަލޭ ތިޔަކުރީ ކީއްވެތަ؟“ އެމީހުން ބުންޏެވެ. 11އޭރު ކަނޑު އަންނަނީ ކެކި އުތުރެމުންނެވެ. ދެނަކާ ދެނެއް ނެތެވެ. ”މި ކަންތަކުން ސަލާމަތްވާން އަހަރެމެން ކުރަންވީ ކީއްތަ؟“ އެމީހުން ސުވާލު ދެންނެވިއެވެ.
12”އަހަރެން ކަނޑަށް އެއްލާލާ! އޭރުން ތިޔަ ހުރިހާކަމެއް ރަނގަޅުވީ.“ އެކަލޭގެފާނު ވިދާޅުވިއެވެ. ”މިއީ އަހަންނާހެދި ކަލޭމެންނަށް ލައިގަނެގެން އުޅޭ މުސީބާތެއް.“
13އެހެންނަމަވެސް އެ ގޮތަށް ކަންތައް ނުކޮށް އެމީހުން އުޅުނީ ހިކިފަސްތަނަކަށް ކައިރި ކުރެވޭތޯއެވެ. އެމީހުން ފަލިޖަހައި ހޭރިޔާކޮށް އެގޮތް މި ގޮތަށް މަސައްކަތް ކޮށް އުޅެ ވަރުބަލިވި އިރު ވެސް ހަމަ ހިލާ އެއްތަނަކަށް ވެސް ކައިރި ކުރެވޭނެ ގޮތެއް ނުވިއެވެ. ހައްތާ ދިޔައީ ގަދަވެ ނުރައްކާ ވަމުންނެވެ. އޭރު އަތަކަށް ފަޔަކަށް އޮބިއޮންނަ ވަރެއް ނޫނެވެ.
14ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”މި މީހާ ކުރި ކުށަކާހެދި އަޅަމެންގެ ފުރާނަ ނުގެންދަވާދޭވެ! އަދި ކުށެއްނެތް މީހަކު މަރާލުމުގެ އިލްޒާމު އަޅަމެންގެ ބޮލުގައި ނުއަޅުއްވާނދޭވެ! އިނބަ ރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ މިއީތާ!“
15މިހެން ދުޢާ ދެންނެވުމަށް ފަހު އެމީހުން އެކަލޭގެފާނު ކަނޑަށް އެއްލާލައިފިއެވެ. ހަމަ އެއާއެކު ވައިހިނދި ކަނޑު މަޑުވެ އޮމާން ވެއްޖެއެވެ. 16ދެން، މި މީހުންނަށް މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ފެނި ގަތް ބިރެއްގެ ބޮޑުކަމުން އެކަލާނގެއަށް ޤުރުބާނީއެއް ވެދުންކޮށް ނަދުރުބުނެ ހަދައްޕެވެ.
17އޭރު މާތްރަސްކަލާނގެ ވަނީ އެކަލޭގެފާނު ދިރުވާލާނެ ބޮޑު މަހެއް ތައްޔާރު ކުރައްވައި ހަމަޖައްސަވާފައެވެ. އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ތިން ރޭ ތިން ދުވާ ވަންދެން އޮންނެވިއެވެ.
Currently Selected:
ޔޫނުސް 1: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.