މަންދޫބުންގެ މަސައްކަތް 10:1-11

މަންދޫބުންގެ މަސައްކަތް 10:1-11 ކމ

އެމީހުން އެކަލޭގެފާނު އުފުއްލެވުނު ދިމާ މައްޗަށް ބަލަނިކޮށް ކުއްލިއަކަށް އެމީހުންގެ ކައިރީގައި ހުދު ހެދުމެއްގައިވާ ދެ ފިރިހެނަކު ވާތަން ފެނުނެވެ. އެދެމީހުން މަންދޫބުންނަށް ބުންޏެވެ. ”⁠އޭ ގަލީލީގެ މީހުން. ކަލޭމެން މިތާ އުޑަށް ބަލަހައްޓައިގެން ތިޔަ ތިބީ ކީވެފަ؟ އީސާގެފާނު ސުވަރުގެ ގެންދަވައިފި. އަދި ހަމަ އެކަލޭގެފާނު ގެންދެވިތަން ކަލޭމެން ތިޔަ ދުށް ފަދައިން އެއް ދުވަހަކުން ހަމަ އެފަދައިން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވާނެ.⁠“