އީސާގެފާނު ވިދާޅުވިއެވެ. ”މީހުންނަށް އަލުން ދިރުން ދޭނީ އަހަރެން. އަދި މީހުންނަށް ނިމުންނުވާ ދިރިހުރުން ދެނީ ވެސް ހަމަ އަހަރެން. އަހަރެން ގަބޫލުކޮށް އީމާންވާ މީހުން މަރުވިޔަސް ދިރިތިބޭނެ. އަހަރެން ގަބޫލުކޮށް އަހަރެންނަށް އީމާންވުންމަތީ ދިރިއުޅެމުން ދާ އެކަކު ވެސް މަރުވެ ނެތިގެންނެއް ނުދާނެ. މަރުތާ އެކަން ގަބޫލު ކުރަންތަ؟“