ދެން ވެސް މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އާއި ތިޔަބައިމީހުންނާއި އަދި ދިރިހުރި ހުރިހާ ތަކެއްޗަކާއި އަދި ދުނިޔޭގައި އަންނަން އޮތް އެހެން ޖީލުތަކާ މެދު މިކުރައްވާ ޢަހުދުނާމާގެ ހެއްކަކީ މިއީ. ތިމަންކަލާނގެ ދުނިޔެއާއި މެދު މިވީ ޢަހުދުނާމާގެ ހެއްކެއްގެ ގޮތުން ތިމަންކަލާނގެ ވިލާތަކުގެ ތެރޭގައި ވިއްސާރަދުނި ލައްވައިފިން.