އީސާގެފާނު ވިދާޅުވިއެވެ. ”އެންމެ މުހިންމު އަމުރުފުޅަކީ: ’އޭ ބަނީއިސްރާއީލުންނޭ އަޑުއަހާ! އަހަރެމެންގެ ކަލާނގެ ސާހިބުވަންތަ ރަސްކަލާނގެއީ ހަމައެކަނި އެއްކައުވަންތަ ރަސްކަލާނގެ. ތިބާގެ ސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ތިބާގެ މުޅި ހިތުންނާއި، ތިބާގެ މުޅި ފުރާނައިންނާއި، ތިބާގެ މުޅި ބުއްދީންނާއި އަދި ތިބާގެ ގައިހުރި ހުރިހާ ބާރަކުން ވެސް ލޯބިވާށޭ.‘
ހަމަ މިއާއި އެއްފަދައިން ދެވަނައަށް އެންމެ މުހިންމު އަމުރުފުޅަކީ މިއީ: ’ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވާށޭ.‘ މިއަށް ވުރެން މަތިވެރި ވެގެންވާ އަމުރުފުޅުތަކެއް ނުވާނެ.“