Logo ya YouVersion
Elilingi ya Boluki

މަރުކުސް 29:12-31

މަރުކުސް 29:12-31 ކމ

އީސާގެފާނު ވިދާޅުވިއެވެ. ”⁠އެންމެ މުހިންމު އަމުރުފުޅަކީ: ’⁠އޭ ބަނީއިސްރާއީލުންނޭ އަޑުއަހާ! އަހަރެމެންގެ ކަލާނގެ ސާހިބުވަންތަ ރަސްކަލާނގެއީ ހަމައެކަނި އެއްކައުވަންތަ ރަސްކަލާނގެ. ތިބާގެ ސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ތިބާގެ މުޅި ހިތުންނާއި، ތިބާގެ މުޅި ފުރާނައިންނާއި، ތިބާގެ މުޅި ބުއްދީންނާއި އަދި ތިބާގެ ގައިހުރި ހުރިހާ ބާރަކުން ވެސް ލޯބިވާށޭ.⁠‘ ހަމަ މިއާއި އެއްފަދައިން ދެވަނައަށް އެންމެ މުހިންމު އަމުރުފުޅަކީ މިއީ: ’⁠ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވާށޭ.⁠‘ މިއަށް ވުރެން މަތިވެރި ވެގެންވާ އަމުރުފުޅުތަކެއް ނުވާނެ.⁠“