1
ޔޫޙަންނާ 12:8
ކިތާބުލް މުޤައްދަސާ
މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.“
Համեմատել
Ուսումնասիրեք ޔޫޙަންނާ 8:12
2
ޔޫޙަންނާ 32:8
އަދި އޭރުން ކަލޭމެންނަށް ތެދަކީ ކޮބައިކަން ސާފުކޮށް އެނގޭނެ. އަދި އެތެދުގެ ސަބަބުން ކަލޭމެންނަކީ ފުރިހަމަ މިނިވަނުން ކަމުގައިވާނެ.“
Ուսումնասիրեք ޔޫޙަންނާ 8:32
3
ޔޫޙަންނާ 31:8
ދެން އީސާގެފާނު އެކަލޭގެފާނު ގަބޫލުކޮށް އީމާންވި ބަނީއިސްރާއީލު މީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން އަހަރެންގެ ބަސްތައް އަހާ އެގޮތުގައި ދެމިތިބެއްޖެ ނަމަ ކަލޭމެންނަކީ ހަމަ ޔަޤީނުން ވެސް އަހަރެންގެ އަސްޙާބީން ކަމުގައި ވާނެ.
Ուսումնասիրեք ޔޫޙަންނާ 8:31
4
ޔޫޙަންނާ 36:8
އެހެން ކަމުން އެފިރިހެން ދަރިފުޅު ކަލޭމެން މިނިވަން ކޮށްފިނަމަ ކަލޭމެންނަކީ ފުރިހަމަ މިނިވަނުން ކަމުގައި ވާނެ.
Ուսումնասիրեք ޔޫޙަންނާ 8:36
5
ޔޫޙަންނާ 7:8
އެކަމު އެމީހުން ކުރުނުކޮށް ހުއްޓުމެއް ނެތި އެކަލޭގެފާނުގެ ކިބައިން ޖަވާބަކަށް އެދެމުން ދިޔައެވެ. އެހެންކަމުން އެންމެފަހުން އީސާގެފާނު ތެދުވެވަޑައިގެން ވިދާޅުވިއެވެ. ”އޭނާގެ ގައިގައި ޖަހަން އެއްލާ އެންމެފުރަތަމަ ހިލަގަނޑު އެއްލަން ޖެހޭނީ މިތާނގައި ތިބި މީހުންގެ ތެރެއިން ދުވަހަކު ވެސް ފާފައެއް ކޮށްފައި ނުވާ މީހަކު.“
Ուսումնասիրեք ޔޫޙަންނާ 8:7
6
ޔޫޙަންނާ 34:8
އީސާގެފާނު ވިދާޅުވިއެވެ. ”ހަމަ ތެދެއް، ފާފަ ކުރާ ކޮންމެ މީހަކީ ފާފައިގެ އަޅެއް.
Ուսումնասիրեք ޔޫޙަންނާ 8:34
7
ޔޫޙަންނާ 10:8-11
ދެން އީސާގެފާނު ތެދުވެވަޑައިގެން އެ އަންހެންމީހާއަށް ވިދާޅުވިއެވެ. ”އޭ އަންހެނާ! ކޮބައިތަ އެ އެންމެންތައް. އޭގެ ތެރޭން އެކަކު ވެސް ކަލޭ ކުށްވެރި ކުރަން ނޫޅެ ދިޔައީތަ؟“ އަންހެންމީހާ ޖަވާބުގައި ދެންނެވިއެވެ. ”ސާހިބާ، އެކަކު ވެސް އެކަމެއް ނުކުރި.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ވެސް ކަލޭ ކުށްވެރިއެއް ނުކުރާނަން. ކަލޭ މިތަނުންދޭ. އެކަމަކު ދެން މީގެ ފަހުން ފާފަ ނުކުރާތި.“
Ուսումնասիրեք ޔޫޙަންނާ 8:10-11
YouVersion-ն օգտագործում է թխուկներ՝ ձեր փորձը անհատականացնելու համար: Օգտագործելով մեր կայքը՝ դուք ընդունում եք մեր կողմից թխուկների օգտագործումը, ինչպես նկարագրված է մեր Գաղտնիության քաղաքականության-ում
Գլխավոր
Աստվածաշունչ
Ծրագրեր
Տեսանյութեր