1
ފެށުން 26:1-27
ކިތާބުލް މުޤައްދަސާ
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”މިހާރު އަހަރެމެންގެ ސޫރައިގައި އަހަރެމެންނާ އެއް ސިފައިގައި އިންސާނާ އުފައްދާނަން! އަދި އެއިންސާނުންނަށް ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިސޫފާސޫފިތަކާއި ބިމުގައިވާ ޖަނަވާރުތަކާއި އަދި އެހެން ވެސް މި ދުނިޔޭގައިވާ ނަމަ ވާހައި އެއްޗެއްގެ ވެރިކަން ދޭނަން.“ ދެން މާތްކަލާނގެ އެކަލާނގެ އަމިއްލަ ސޫރަފުޅުގައި އިންސާނާ ހެއްދެވިއެވެ. މާތްކަލާނގެ އިންސާނާ ހެއްދެވީ އެކަލާނގެއާ އެއްވައްތަރަށެވެ. އިންސާނާ އުފައްދަވާފައި ވަނީ ފިރިހެނަކާ އަންހެނެއްގެ ގޮތުގައެވެ.
مقایسه
ފެށުން 1:26-27 را جستجو کنید
2
ފެށުން 28:1
މާތްކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!“
ފެށުން 1:28 را جستجو کنید
3
ފެށުން 1:1
މާތްކަލާނގެ އެންމެ ފުރަތަމަ އުފެއްދެވީ އުޑުތަކާއި މި ދުނިޔެއެވެ.
ފެށުން 1:1 را جستجو کنید
4
ފެށުން 2:1
ދުނިޔެ އުފެއްދެވިއިރު އެވަނީ ސިފައެއްނެތި ހުސްކޮށެވެ. ވަށައިގެންވާ ފުންކަމުގައި ވަނީ އަނދިރިކަމެވެ. އޭރު މާތްކަލާނގެ ރޫޙުފުޅު ފެން މަތީގައި ބުރުއަޅަމުން ދިޔައެވެ.
ފެށުން 1:2 را جستجو کنید
5
ފެށުން 3:1
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”އަލިކަން ފާޅުވޭ!“ ދެން ހަމަ އެއާއެކު ދުނިޔެ އަލިވެގެން ދިޔައެވެ.
ފެށުން 1:3 را جستجو کنید
6
ފެށުން 31:1
ދެން މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ. ނިކަން ދެކެބަލާށެވެ! އެތަކެތި ވަރަށް ވެސް ފުރިހަމައެވެ! ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަވަނަ ދުވަހެވެ.
ފެށުން 1:31 را جستجو کنید
7
ފެށުން 4:1
މާތްކަލާނގެ އެ އަލިކަމަށް ބައްލަވާވޮޑިގެން އެއަލިކަން ރަނގަޅުކަމަށް ދެކެވޮޑިގަތެވެ. ދެން މާތްކަލާނގެ އަނދިރިކަމުގެ ތެރޭން އަލިކަން ވަކި ކުރެއްވިއެވެ.
ފެށުން 1:4 را جستجو کنید
8
ފެށުން 29:1
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ބަލާލަބަލަ! އަހަރެން މިވަނީ އޮށްއަޅާ ހުރިހާ ބާވަތެއްގެ ގަހަކާއި އަދި މޭވާގައި އޮށް ހުންނަ ގަސްގަހާގެހި ދުނިޔޭގެ ބިމުން ފަޅުވާފައި. އެއީ ތިޔަބައިމީހުން އެތަކެތި ކައި ހެދުމަށްޓަކާ.
ފެށުން 1:29 را جستجو کنید
9
ފެށުން 5:1
މާތްކަލާނގެ އެއަލިކަމަށް ދުވާލުގެ ނަމުން ނަންދެއްވިއެވެ. އަނދިރިކަމަށް އެކަލާނގެ ރޭގަނޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ފުރަތަމަ ދުވަހެވެ.
ފެށުން 1:5 را جستجو کنید
10
ފެށުން 6:1
ދެން މާތްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ފެންތަކުގެ މެދުން ހުސްތަނެއް އުފެދޭ! ފެންތަކުގެ ތެރޭން ފެންތަކެއް ވަކިވޭ!“
ފެށުން 1:6 را جستجو کنید
11
ފެށުން 30:1
އަދި ދުނިޔޭގައި އުޅޭ ހުރިހާ ބިޔަ ޖަނަވާރުތަކަށާއި ވަޔާއި ޖައްވުގައި އުޅޭ ހުރިހާ ދޫނިތަކަށާއި ބިމުގައި އުޅޭހާ ސޫފާސޫތްޕަކަށާއި ނޭވާލައި ދިރޭ ހުރިހާ އެއްޗެއްގެ ކެއުމެއްގެ ގޮތުގައި ފެހިކުލައިގައިވާ ހުރިހާ ގަސްގަހާގެއްސެއް ދީފިން.“ ދެން އެކަންތައް އެ ގޮތަށް ހިނގައިފިއެވެ.
ފެށުން 1:30 را جستجو کنید
12
ފެށުން 14:1
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ރެޔާއި ދުވާ ވަކިކުރުމަށް އުޑުގައިވާ ހުސްތަނުގައި އަލިތައް އުފެދޭ! އަދި އެއީ މޫސުންތަކާއި ދުވަސްތަކާއި އަހަރުތައް ވަކިކޮށްދޭ ފާހަގަތަކެއް ކަމުގައިވޭ!
ފެށުން 1:14 را جستجو کنید
13
ފެށުން 11:1
އެއަށް ފަހު މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ބިމުން ގަސްގަހާގެހި ފަޅާ! އޮށް ހުރި ގަސްތަކާއި މޭވާގައި އޮށް ހުންނަ ގަސްތަކާއި މިފަދަ ކޮންމެ ބާވަތެއް ބިންމަތީގައި ހެދޭ!“ ދެން މިކަންތައް އެ ގޮތަށް ހިނގައިފިއެވެ.
ފެށުން 1:11 را جستجو کنید
14
ފެށުން 7:1
ދެން މާތްކަލާނގެ އެ ހުސްތަން އުފައްދަވައި އެ ހުސްތަނުގެ ތިރީގައި ހުރި ފެނާއި މަތީގައި ހުރި ފެން ވަކިކުރެއްވިއެވެ. އެކަން އެ ގޮތަށް ހިނގައިފިއެވެ.
ފެށުން 1:7 را جستجو کنید
15
ފެށުން 12:1
ބިމުން ގަސްގަހާގެހި ފަޅައި އޮށް ހުރި ގަސްތައް ފަޅައި މޭވާގައި އޭގެ އޮށް ހުރި ގަސްތައް ފަޅައި އެއިން ކޮންމެ ބާވަތެއް އެވައްތަރެއްގެ ގަހެއްގެ ގޮތުގައި ފަޅައިފިއެވެ. ދެން އެގަސްތައް ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
ފެށުން 1:12 را جستجو کنید
16
ފެށުން 16:1
މާތްކަލާނގެ ބޮޑު ދެ އަލިކަން އުފެއްދެވީ އޭގެ ތެރޭން ބޮޑު އަލިކަމުން ދުވާލުގެ މައްޗަށް އަމުރު ހިންގައި ކުޑައަލިކަމުން ރޭގަނޑުގެ މައްޗަށް އަމުރު ހިންގުމަށެވެ. ތަރިތައް ވެސް ވަނީ މިކަމަށް އުފައްދަވާފައެވެ.
ފެށުން 1:16 را جستجو کنید
17
ފެށުން 9:1-10
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”އުޑުގެ ދަށުގައި ހުރި ފެން އެއްތަނަކަށް އެއްވޭ! އޭގެ ތެރޭން ހިކިފަސްތަން ފާޅުވޭ!“ ދެން އެކަން އެ ގޮތަށް ހިނގައިފިއެވެ. ދެން އެ ހިކިފަސްތަނަށް ބިމޭ ވަޙީ ކުރައްވައި ނަންދެއްވިއެވެ. އަދި އެއްތަނަކަށް އެއްވި ފެންތަކަށް ކަނޑުގެ ނަމުން އެކަލާނގެ ނަންދެއްވިއެވެ. މިތަން ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
ފެށުން 1:9-10 را جستجو کنید
18
ފެށުން 22:1
އަދި މާތްކަލާނގެ އެތަކެއްޗަށް ބަރަކާތްލެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ”އުފެދި ގިނަގުނަވެ ކަނޑުތައް ފުރާލާ! އަދި ދޫނި ސޫފާސޫފިތައް ގިނަގުނަވެ ދުނިޔެ ފުރާލާ!“
ފެށުން 1:22 را جستجو کنید
19
ފެށުން 24:1
އަދި މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ބިމުން އެކިބާވަތުގެ ދިރޭތަކެތި އުފެދޭ! އެކިކަހަލަ ޖަނަވާރުތަކާއި ސޫފާސޫފިތަކާއި ބިޔަތަކެތި އޭގެ ބާވަތްތަކުން އުފެދޭ!“ ދެން އެކަންތައް އެ ގޮތަށް ވެއްޖެއެވެ.
ފެށުން 1:24 را جستجو کنید
20
ފެށުން 20:1
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ފެންގަނޑުގައި އައިން އައިނަށް ދިރޭތަކެތި އުފެދޭ. އަދި ބިންމަތީ ޖައްވާއި އުދަރެހުގެ ހުސްކަމުގެ ތެރޭގައި ދޫނިސޫފާސޫފި އުދުހޭ!“
ފެށުން 1:20 را جستجو کنید
21
ފެށުން 25:1
މިގޮތުން މާތްކަލާނގެ އެކި ބާވަތް ބާވަތުގެ ޖަނަވާރުތަކާއި އެކިބާވަތްބާވަތުގެ ދިރުންހުރި ތަކެތި ބިންމަތީގައި ލެއްވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
ފެށުން 1:25 را جستجو کنید
YouVersion از کوکی ها برای شخصی سازی تجربه شما استفاده می کند. با استفاده از وب سایت ما، استفاده ما از کوکی ها را همانطور که در خط مشی رازداریتوضیح داده شده است، می پذیرید
خانه
كتاب مقدس
برنامههای مطالعه
ویدیوها