މައްތާ 15:7-16
މައްތާ 15:7-16 ކމ
”ދޮގު ނަބިއްޔުންނާއި މެދު ސަމާލުވޭ! އެފަދަ މީހުން ތިޔަބައިމީހުންގެ ކައިރިއަށް އަންނާނީ ކަންބަޅިއެއް ފަދައިން މަޑުމައިތިރި ކަމާއެކު. އެކަމަކު އެފަދަ މީހުންނީ ނުރައްކާތެރި ވަލު ހިޔަޅުތަކެއް ފަދަ ބައެއް. އެފަދަ މީހުންގެ އަމަލުތަކުން އެމީހުންނީ ކޮންފަދަ ބައެއްކަން ތިޔަބައިމީހުންނަށް އެނގޭނެ. ކަށިގަސްތަކަކުން މޭބިސްކަދުރެއް އަދި ވައްތީނިއެއް ނުބިނދެވޭނެ.