މައްތާ 37:24-39
މައްތާ 37:24-39 ކމ
އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާއިރު ކަންތައްތައް ހިނގައިދާނީ ނޫޙުގެފާނުގެ ޒަމާނުގައި ކަންތައްތައް ހިނގައި ދިޔަ ފަދައިން. ނޫޙުގެފާނު ނައުކޮޅަށް އަރާ ވަޑައިގަންނަވާންދެން މީސްތަކުން ކައިބޮއި، މީހުންނާއި އިނދެ އަދި އެބައިމީހުންގެ ދަރިން ކައިވެނިކުރުވާ ހެދި. ފެނުގެ ތޫފާން ކުރިމަތިވެ އެބައިމީހުން ނެތި ދިއުމަށް ދާންދެން އެބައިމީހުންނަށް ހިނގައިދާނޭ ޙާދިސާ އާއި މެދު އެއްވެސް އެއްޗެއް އެނގިގެން ނުވި. އިންސާނާގެ ދަރިކަލުން ފައުޅުވާހިނދުގައި ވެސް ކަންތައްތައް ހިނގައިދާނީ މިފަދައިން.