YouVersion Logo
Search Icon

މައްތާ 17:17-18

މައްތާ 17:17-18 ކމ

އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! ކަލޭމެން ދިރިއުޅެމުން ގެންދަނީ ނުހަނު ނުބައި ގޮތަށް. ކަލޭމެންގެ ކައިރީގައި ކެތްކޮށްގެން އަހަރެން ހުންނާނީ ކިހާ ދުވަހެއް ވަންދެން؟ އެ ފިރިހެން ކުއްޖާ މިތަނަށް ގެނޭ.⁠“ ދެން އީސާގެފާނު އެ ފިރިހެން ކުއްޖާގެ ހަށިގަނޑުގެ ތެރޭގައިވާ ޖިންނިއަށް އަމުރު ކުރެއްވިއެވެ. އެ ހިނދު އެ ޖިންނި އެ ކުއްޖާގެ ހަށިގަނޑުގެ ތެރެއިން ބޭރަށް ނުކުތެވެ. އަދި އެ ފިރިހެން ކުއްޖާ އެވަގުތުން ފެށިގެން ރަނގަޅުވިއެވެ.