އެ ހިނދު މީސްތަކުން ތިޔަބައިމީހުން ހައްޔަރުކޮށް އަނިޔާދޭނެ. އަދި ތިޔަބައިމީހުން މަރާވެސްލާނެ. ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ ޤައުމުތަކުގެ މީސްތަކުން ތިޔަބައިމީހުންދެކެ ނަފްރަތު ކުރާނެ. އެ ހިނދު ގިނަބަޔަކު އީމާންތެރިކަން ދޫކޮށްލައި އެކަކު އަނެކަކަށް ޚިޔާނާތްތެރިވެ އަދި އެކަކު އަނެކަކަށް ނަފްރަތުކުރާނެ. އެ ހިނދު ދޮގު ނަބީން އައިސް ގިނަބަޔަކަށް އޮޅުވައިލާނެ.