އެއަށް ފަހު ހުވަފެނުގައި މާތްކަލާނގެ ވަޙީކުރެއްވި. ”ކަލޭގެ ކުށެއް ނެތްކަން ތިމަންކަލާނގެ ދެނެވޮޑިގެންވަމު. ކަލޭ އޭނާއާ އެކު އެއްދާން ކުރުމުގެ ކުރިން ކަލޭ އެ ފާފައިން ތިމަންކަލާނގެ މި ދުރުކުރެއްވީ އެހެންވެ. އޭނާގެ ފިރިމީހާގެ ގާތަށް ހަމަ މިހާރު އޭނާ ފޮނުވާލަ. އޭނާގެ ފިރިމީހާއަކީ ރަސޫލެއް. ކަލޭ މަރުން ސަލާމަތްވާނީ އޭނާގެ ދުޢާއިން. ކަލޭ އޭނާގެ އަންހެނުން އަނބުރާ ނުފޮނުވައިފިނަމަ ކަލެއާއި ކަލޭގެ ޤައުމުގެ ހުރިހާ އެންމެން ނެތިފަނާވެދާނެ.“