އެކުއްޖާގެ ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގެންވިއެވެ. އެ ހިނދު އެކަލާނގެ މަލާއިކަތާ އުޑުން ފޮނުއްވައި ހާޖަރުއާއި މުޚާތަބުކޮށް ވިދާޅުވިއެވެ: ”ހާޖަރު، ފިކުރު ބޮޑުވެ ތިޔަ ރޮނީ ކީއްވެ؟ ބިރުނުގަނޭ. އެދަރިފުޅުގެ ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގަންނަވައިފި. ތެދުވެގެން ގޮސް ކަނބުލޭގެ އަތްދަނޑިމައްޗަށް އެ ދަރިފުޅު ނަންގަވާ ދަރިފުޅު މަސަލަސް ކުރޭ. ތިމަންކަލާނގެ މަތިވެރިވެގެންވާ ޤައުމެއް އެދަރިފުޅުގެ ދަރިފަސްކޮޅުން އުފައްދަވާނަން.“