1
ޔޫޙަންނާ 16:3
ކިތާބުލް މުޤައްދަސާ
މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.
对照
探索 ޔޫޙަންނާ 3:16
2
ޔޫޙަންނާ 17:3
މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން ދުނިޔެއަށް ފޮނުއްވީ ދުނިޔޭގެ މީސްތަކުން ކުށްވެރި ކުރެއްވުމަކަށް ނޫން. ނަމަވެސް އެކަލޭގެފާނު މެދުވެރިކޮށް އެމީހުން ދިންނެވުމަށް.
探索 ޔޫޙަންނާ 3:17
3
ޔޫޙަންނާ 3:3
އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ހަމަ ތެދެއް، އަލުން އުފަންނުވާ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހާސިލެއް ނުކުރެވޭނެ.“
探索 ޔޫޙަންނާ 3:3
4
ޔޫޙަންނާ 18:3
މާތްރަސްކަލާނގެ ދަރިކަލުންނަށް އީމާންވާ މީހާއަށް ސަޒާގެ ހުކުމެއް ނާންނާނެ. ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންނުވި މީސްތަކުން މީހާރު ވެސް ވަނީ ކުށްވެރިވެ ޙުކުމް ކުރެވިފަ. އެއީ މާތްރަސްކަލާނގެ ހަމައެކަނި ދަރިކަލުން ގަބޫލުކޮށް އެމީހުން އީމާން ނުވީތީ.
探索 ޔޫޙަންނާ 3:18
5
ޔޫޙަންނާ 19:3
އެމީހުން ކުށްވެރި ކުރެވުނު ސަބަބަކީ ސުވަރުގެއިން އަލިކަމެއް މި ދުނިޔެއަށް ފޮނުއްވުމުން ވެސް އެމީހުން އެއަލިކަމުގެ ބަދަލުގައި ލޯބިކުރީ ދުނިޔެވީ އަނދިރިކަމަށް. އެއީ އެމީހުންގެ އަމަލުތަކަކީ ނުބައި ފާފަވެރި އަމަލުތަކަށް ވާތީ.
探索 ޔޫޙަންނާ 3:19
6
ޔޫޙަންނާ 30:3
އެކަލޭގެފާނުގެ މުހިންމު ކަން ދުވަހެއް ދުވަހަކަށް މަތިވެރި ވާން ޖެހޭނެ. އަދި އަހަރެން ދުވަހެއް ދުވަހަކަށް އެކަހެރި ވާންޖެހޭނެ.“
探索 ޔޫޙަންނާ 3:30
7
ޔޫޙަންނާ 20:3
ނުބައި އަމަލުތައް ކުރާ ކޮންމެ މީހަކު ވެސް އަލިކަމަށް ނަފްރަތުކުރޭ. އަދި އެމީހުން އަލިކަމާ ދުރަށް ދާން މަސައްކަތް ކުރޭ. އެއީ އަލިކަމުގެ ސަބަބުން އެމީހުންގެ ނުބައި ފާފަވެރި އަމަލުތައް ހާމަވެ ފެންނާނެތީ.
探索 ޔޫޙަންނާ 3:20
8
ޔޫޙަންނާ 36:3
އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.“
探索 ޔޫޙަންނާ 3:36
9
ޔޫޙަންނާ 14:3
މޫސާގެފާނު ހަނަފަސް ސަހަރާގެ ތެރޭގައި ކަފުލޮއިން ވާ ހަރުފައެއް މުޑިއަކަށް ނެންގެވި ފަދައިން އިންސާނާގެ ދަރިކަލުން ވެސް މުޑިއަކަށް އުފުލާލެވޭނެ.
探索 ޔޫޙަންނާ 3:14
10
ޔޫޙަންނާ 35:3
އުޑުގައިވޮޑިގެންވާ ބައްޕާފުޅު އެކަލޭގެފާނު ދެކެ ލޯބިވެވޮޑިގެންވޭ. އަދި ހުރިހާ އެއްޗަކާއި ކަމެއްގެ މައްޗަށް ފުރިހަމައަށް ބާރު ހިންގުމުގެ އިޚުތިޔާރު ވަނީ އެކަލޭގެފާނަށް ދެއްވާފަ.
探索 ޔޫޙަންނާ 3:35
YouVersion 使用 cookie 来个性化你的体验。使用我们的网站,即表示你同意我们根据我们的隐私政策来使用 cookie。
主页
圣经
计划
视频