1
ޔޫޙަންނާ 35:6
ކިތާބުލް މުޤައްދަސާ
ދެން އީސާގެފާނު ވިދާޅުވިއެވެ. ”ދިރުންދޭ ކާނާއަކީ އަހަރެން. އަހަރެންގެ ގާތަށް އަތުވެއްޖެ އެއްވެސް މީހަކު ބަނޑުހައެއް ނުވާނެ. އަދި އަހަރެން ގަބޫލުކޮށް އީމާންވި މީހަކު ދުވަހަކު ވެސް ފެންބޮވައެއް ނުގަންނާނެ.
Karşılaştır
ޔޫޙަންނާ 6:35 keşfedin
2
ޔޫޙަންނާ 63:6
ހަށިގަނޑަކަށް އެއްކަމެއް ވެސް ހާސިލެއް ނުކުރެވޭނެ. އިންސާނާއަށް ދިރުން ގެނެސްދެނީ ރޫޙުފުޅު. އަހަރެން މިބުނެދީ އިންސާނާއަށް ދިރުން ލިބިދެވޭ ރޫޙުފުޅުގެ ވާހަކަ.
ޔޫޙަންނާ 6:63 keşfedin
3
ޔޫޙަންނާ 27:6
ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.“
ޔޫޙަންނާ 6:27 keşfedin
4
ޔޫޙަންނާ 40:6
އަހަރެންގެ ބައްޕާފުޅުގެ އެދިވޮޑިގަތުމަކީ ދަރިކަލުން ދެކެ، ގަބޫލުކޮށް އީމާންވީ ކޮންމެ މީހަކަށް ނިމުންނުވާ ޙަޔާތް ދެއްވުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެމީހުން އަލުން ދިރުއްވާނަން.“
ޔޫޙަންނާ 6:40 keşfedin
5
ޔޫޙަންނާ 29:6
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ކަލޭމެންގެ ކިބައިން ކުރުމަށް އެދިވޮޑިގަންނަވާ ކަމަކީ އެކަލާނގެ ފޮނުއްވި ޚާއްސަ ފަރާތަށް އީމާންވުން.“
ޔޫޙަންނާ 6:29 keşfedin
6
ޔޫޙަންނާ 37:6
އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ދެއްވާ އެންމެން އަހަރެންގެ ގާތަށް އަންނާނެ. އަހަރެންގެ ގާތަށް އައި އެއްވެސް މީހަކު އަހަރެން އަނބުރާ ފޮނުވައެއް ނުލާނަން.
ޔޫޙަންނާ 6:37 keşfedin
7
ޔޫޙަންނާ 68:6
މީގެ ޖަވާބުގައި ޝަމްއޫނު ޕަތަރަސް ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑުމެން ދާންވީ ކާކުގެ ގާތަށް؟ ނިމުންނުވާ ޙަޔާތުގެ ބަސްފުޅު ވަނީ ކަލޭގެފާނު އަތްޕުޅުމަތީގައި.
ޔޫޙަންނާ 6:68 keşfedin
8
ޔޫޙަންނާ 51:6
އަހަރެން މީ ސުވަރުގޭން ފޮނުވުނު ދިރިހުރުންދޭ ކާނާ. މިކާނާ ކައިފި މީހަކަށް ދާއިމީ ދިރިހުރުން ލިބޭނެ. އަހަރެން މިދޭ ކާނާއަކީ އަހަރެންގެ ހަށިގަނޑު. އަހަރެން މި ހަށިގަނޑު ހުށަހަޅަނީ ދުނިޔޭގެ މީހުންނަށް ދިރިހުރުން ދިނުމަށްޓަކައި.“
ޔޫޙަންނާ 6:51 keşfedin
9
ޔޫޙަންނާ 44:6
އަހަރެން ފޮނުއްވެވީ ބައްޕާފުޅު. އަހަރެންގެ ގާތަށް އާދެވޭނީ ބައްޕާފުޅު އަހަރެންގެ ގާތަށް ގެނެސްދެއްވި މީހަކަށް. އަދި އެންމެ ފަހުދުވަހު އަހަރެން އެމީހަކު އަލުން ދިރުއްވާނަން.
ޔޫޙަންނާ 6:44 keşfedin
10
ޔޫޙަންނާ 33:6
އެހެނީ ބައްޕާފުޅު ދެއްވާ ކާނާއަކީ ސުވަރުގެއިން މި ދުނިޔެއަށް ވަޑައިގަންނަވައި، މި ދުނިޔޭގެ މީސްތަކުންނަށް ދިރިހުރުން ދެއްވާނެ، ޚާއްސަ ފަރާތް.“
ޔޫޙަންނާ 6:33 keşfedin
11
ޔޫޙަންނާ 48:6
ދިރިހުރުމުގެ ކާނާ އަކީ އަހަރެން.
ޔޫޙަންނާ 6:48 keşfedin
12
ޔޫޙަންނާ 11:6-12
ދެން އީސާގެފާނު އެފަސް ރޮށި ނަންގަވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ދުޢާ ކުރައްވައި އެ އެތާނގައި ތިބި އެންމެންނަށް އެ ބައްސަވާ ލެއްވިއެވެ. އަދި މަސްތައް ނަންގަވައި ހަމަ އެފަދައިން ކަންތައް ކުރެއްވިއެވެ. ދެން އެ އެންމެން ކާނެވަރަކަށް ކައިފި އެވެ. އެންމެން ބަނޑުފުރެންދެން ކައި ނިމުމުން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އެންގެވިއެވެ. ”ބާކީވެފައިވާ ހުރިހާ އެއްޗެއް އެއްކުރޭ. އެއްވެސް އެއްޗެއް އިސްރާފުކުރާނެ ކަމެއް ނެތް.“
ޔޫޙަންނާ 6:11-12 keşfedin
13
ޔޫޙަންނާ 19:6-20
އެމީހުން ފަލި ޖަހާފައި ތިން ހަތަރު ވަރަކަށް މޭލަށް ގޮސްފައި ވަނިކޮށް ފެން މަތީގައި ހިންގަވާފައި އީސާގެފާނު އެމީހުންނާ ދިމާއަށް ވަޑައިގަންނަވަނިކޮށް އެމީހުންނަށް ފެނުނެވެ. އެމީހުން އެތަން ދެކެ ވަރަށް ބިރުގަތެވެ. އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ބިރުނުގަނޭ! މިއީ އަހަރެން.“
ޔޫޙަންނާ 6:19-20 keşfedin
YouVersion, deneyiminizi kişiselleştirmek için tanımlama bilgileri kullanır. Web sitemizi kullanarak, Gizlilik Politikamızda açıklandığı şekilde çerez kullanımımızı kabul etmiş olursunuz
Ana Sayfa
Kutsal Kitap
Okuma Planları
Videolar