1
ލޫކާސް 38:6
ކިތާބުލް މުޤައްދަސާ
ދީލަތިވޭ. އެއިރުން މާތްރަސްކަލާނގެ ކަލެއަށް ދީލަތިވެ ވޮޑިގެން ވާނެ. ފުރި ބާރުވެ ބަންޑުން ވަމުން ދާ ނާޅިއަކުން ކަލެއަށް މިނެ ދެއްވާނެ. ކަލޭ މިނި ނާޅިއަކުން އެކަލާނގެ ވެސް ކަލެއަށް މިނެ ދެއްވާނެ.“
Salīdzināt
Izpēti ލޫކާސް 6:38
2
ލޫކާސް 45:6
ރަނގަޅު މީހުންގެ ހިތްތައް ރަނގަޅު ޚިޔާލުތަކުން ފުރިފައި ވާތީ އެމީހުން ރަނގަޅު އަމަލުތައް ކުރޭ. ނުބައިމީހުންގެ ހިތްތައް ނުބައި ޚިޔާލުތަކުން ފުރިފައި ވާތީ އެބައިމީހުން ނުބައި އަމަލުތައް ކުރޭ. ދުލުން ފާޅު ކުރެވެނީ ހިތުގެ އަޑީގައި އުފެދިގެން ނުކުންނަ ބަސްތައް.“
Izpēti ލޫކާސް 6:45
3
ލޫކާސް 35:6
ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.
Izpēti ލޫކާސް 6:35
4
ލޫކާސް 36:6
ކަލޭމެންގެ ބައްޕާފުޅު އޯގާތެރި ވެވޮޑިގެންވާ ފަދައިން ކަލޭމެން ވެސް އޯގާތެރިވޭ.“
Izpēti ލޫކާސް 6:36
5
ލޫކާސް 37:6
”އެހެން މީހުންގެ ނުރަނގަޅުކަމާއި މެދު ވާހަކަދައްކާ ފާޑު ނުކިޔާ. އެއިރުން ކަލޭގެ ނުރަނގަޅުކަން ބަލާފައި އެކަމާ މެދު ވެސް ފާޑެއް ނުކިޔޭނެ. އެހެން މީހުން ކުށްވެރި ނުކުރޭ. އެއިރުން ކަލޭ ވެސް ކުށްވެރިއެއް ނުކުރެވޭނެ. ކަލެއާ ދޭތެރޭ އެހެން މީހުން ކުރާ ނުބައި ކަންތަކަށް މަޢާފްކޮށް އެކަންތައް ހިތުން ފޮހެލަންޏާ މާތްރަސްކަލާނގެ ވެސް ކަލެއާ ދޭތެރޭ ކަންތައް ކުރައްވާނީ އެފަދައިން.
Izpēti ލޫކާސް 6:37
6
ލޫކާސް 27:6-28
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ ބަސްތައް އަޑުއަހާ މީހުންނަށް ބުނަން. ކަލޭމެންގެ އަދާވާތްތެރިން ދެކެ ލޯބިވޭ. ކަލޭމެންނަށް ނުބައިކޮށް ހިތާ ކަލޭމެންގެ މައްޗަށް ނަފްރަތުކުރާ މީހުންނަށް ހެޔޮކޮށް ކަންތައް ކުރޭ. ކަލޭމެންނަށް ބަދުދުޢާ ކުރާ މީހުންނަށް ރަޙުމަތް ލެއްވުމަށް އެދޭ. ކަލޭމެންނަށް އިހާނެތިކޮށް ކަންތައް ކުރާ މީހުންނަށްޓަކައި ހެޔޮ ދުޢާކުރޭ.
Izpēti ލޫކާސް 6:27-28
7
ލޫކާސް 31:6
ކަލޭމެން އެހެން މީހުންނާ މެދު ކަންތައް ކުރަން ވާނީ އެހެން މީހުންގެ ފަރާތުން ކަލޭމެންނާއި ދޭތެރޭ ވެސް ކަންތައް ކުރުމަށް އެދޭ ފަދައިން.
Izpēti ލޫކާސް 6:31
8
ލޫކާސް 29:6-30
ކަލޭގެ އެއްކަންކަށި މަތީ މީހަކު ޖަހައިފި ނަމަ އެނބުރިފައި އަނެއް ކަންކަށި ވެސް ޖަހަން ދައްކާ. މީހަކު ކަލޭގެ ކޮނޑުގައި އޮތް ސާލު އަތުލައިފި ނަމަ އެމީހަކު ކަލޭ ލައިގެން ހުރި ގަމީސް އަތުލުމަށް ވެސް ހުރަސް ނާޅާ. ކަލޭގެ ކިބައިން އެއްޗަކަށް އެދޭ ކޮންމެ މީހަކަށް އެއެއްޗެއް ދީ. އަދި ކަލޭގެ އެއްޗެއް އެހެން މީހަކު އަތުލައިފި ނަމަ އެއެއްޗެއް އަނބުރާ ދިނުމަށް ނޭދޭ.
Izpēti ލޫކާސް 6:29-30
9
ލޫކާސް 43:6
”ފޮނި މޭވާ އަޅާ ގަހެއްގައި ހިތި މޭވާއެއް ނާޅާނެ ފަދައިން ހިތި މޭވާ އަޅާ ގަހެއްގައި ފޮނި މޭވާއެއް ވެސް ނާޅާނެ.
Izpēti ލޫކާސް 6:43
10
ލޫކާސް 44:6
ގަހަކުން ލިބޭ ފައިދާ އެނގޭނީ އެގަހެއްގައި އަޅާ މޭވާއެއްގެ ގޮތުން. ކަށި ގަހަކުން މީހަކަށް ވައްތީންޏެއް ނުބިނދެވޭނެ. އަދި ކަށި ވެލަކުން މޭބިސްކަދުރެއް ވެސް ނުލިބޭނެ.
Izpēti ލޫކާސް 6:44
Lai personalizētu tavu pieredzi, YouVersion izmanto sīkfailus. Izmantojot mūsu vietni, tu piekrīti, ka mēs izmantojam sīkfailus, kā aprakstīts mūsu Privātuma politikā
Mājas
Bībele
Plāni
Video