މަރުކުސް 28:9-29
މަރުކުސް 28:9-29 ކމ
އެއަށް ފަހު އީސާގެފާނު އަސްޙާބީންނާއި އެކު ގެއަށް ވަޑައިގެންނެވިއެވެ. އަދި އަސްޙާބީން އެކަލޭގެފާނާ އެކަހެރިކޮށް ސުވާލު ކުރިއެވެ. ”ކީއްވެގެންތޯ އަޅުގަނޑުމެން އަމުރުކުރުމުން އެ ކުއްޖާގެ ހަށިގަނޑުން ޖިންނި ބޭރުކޮށްނުލެވުނީ؟“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”މިފަދަ ކޮންމެ ނުބައި ރޫޙާނީ ކަމެއްގެ މައްޗަށް ބާރު ހޯދޭނީ ދުޢާއިން. އެހެން ގޮތަކުން އެކަމެއް ނުވާނެ.“