ފެށުން 6:37-7
ފެށުން 6:37-7 ކމ
އެ ހުވަފެންފުޅު ޔޫސުފުގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވެދެއްވިއެވެ. ”އަހަރެންނަށް ފެނުނު ހުވަފެން ތިބާމެންނަށް ކިޔައިދިނުމަށް އަހަރެން ބޭނުން. އަހަރެމެން އެންމެން ދަނޑުގައި ތިބެ ގޮވާން ކެނޑުމަށް ފަހު ބޮނޑިބޮނޑިއަށް އެގޮވާން ބަންނަމުން ދިޔައިން. ކުއްލިއަކަށް އަހަރެން ބަނދެފައި އޮތް ގޮވާން ބޮނޑި ކޮޅަށް ޖެހުނު. އެ ހިނދު ތިބާމެން ބަނދެފައި ހުރި ބޮނޑިތައް އަހަރެންގެ ބޮނޑީގެ ވަށައިގެން އެއްވެ އެ ބޮނޑިއަށް ސަޖިދަކުރި.“