މަރުކުސް 35:5-36
މަރުކުސް 35:5-36 ކމ
އީސާގެފާނު މިފަދައިން ވިދާޅުވި ތަނާހެން ޖައިރުސްގެ ގެއިން ޚަބަރާއިގެން ބަޔަކު އައެވެ. އަދި ޖައިރުސްއަށް އެމީހުންގެ ތެރެއިން މީހަކު ބުންޏެވެ. ”މަނިކުފާނުގެ އަންހެން ދަރިފުޅު ނިޔާވެއްޖެ. އިތުރަށް އެދުރުކަލޭގެފާނަށް އުނދަގޫ ކުރުމުގެ ބޭނުމެއްނެތް.“ އެމީހުންގެ މި ވާހަކަތަކަށް އީސާގެފާނު ސަމާލުކަމެއް ނުދެއްވާ ޖައިރުސްއަށް ވިދާޅުވިއެވެ. ”ބިރު ނުގަނޭ، ހަމައެކަނި އީމާންތެރިކަމުގައި ސާބިތުވޭ.“