މައްތާ 12:28-15
މައްތާ 12:28-15 ކމ
ދެން ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެއްތަންވެ މަޝްވަރާކުރުމަށް ފަހު، އެބައިމީހުން ގިނަ ޢަދަދެއްގެ ފައިސާ އެ ފާރަވެރިންނަށް ދިނެވެ. އަދި އެބައިމީހުން އެ ފާރަވެރިންނަށް ބުންޏެވެ. ”ރޭގަނޑު ކަލޭމެންނަށް ނިދިފައި ތިބި ވަގުތެއްގައި އީސާގެފާނުގެ އަސްޙާބީން އައިސް އެކަލޭގެފާނުގެ ހަށިކޮޅު ނަގައިގެން ގޮސްފި އޭ ކަލޭމެން މީސްތަކުންނަށް ބުނޭ. މި ޚަބަރު ގަވަރުނަރާއި ހަމައަށް ގޮސްފި ނަމަ އަހަރެމެން އޭނާ ހިތްހަމަޖައްސައި ކަލޭމެންނަށް ކުރިމަތިވެދާނޭ މުސީބާތްތަކުން ކަލޭމެން ސަލާމަތްކޮށްދޭނަން.“ ވީމާ އެސިފައިން އެ ފައިސާ ނެގުމަށް ފަހު އެބައިމީހުން އެދުނު ފަދައިން މީސްތަކުންނަށް ބުނެދިނެވެ. އަދި ބަނީއިސްރާއީލުންގެ ތެރެއިން ދުރު ހިސާބުތަކަށް އެ ޚަބަރު ފެތުރި ގެންދިޔައެވެ. ހަމައެހެންމެ އެބައިމީހުންގެ ތެރޭގައި އެކަކު އަނެކަކަށް އެ ވާހަކަ މިއަދާ ހަމައަށް ވެސް ދައްކައެވެ.