YouVersion Logo
Search Icon

މައްތާ 1:2-2

މައްތާ 1:2-2 ކމ

އީސާގެފާނު އުފަންވެ ވަޑައިގަތީ ޖުދެއާ ކަރައިގެ ބައިތުލަޙަމުގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައެވެ. އީސާގެފާނު އުފަންވެ ވަޑައިގެންނެވުމަށް ފަހު، އިރުމަތީ ސަރަހައްދުން ނަކަތްތެރިންގެ ބަޔަކު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. މީސްތަކުންގެ ކައިރިން އެ ބޭކަލުން އަހަމުން ގެންދެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމަށް ވުމަށް އުފަންވި ކުއްޖާ ކޮބައިތޯ؟ އެ ކުއްޖާ އުފަން ވުމުގެ ނިޝާނުގެ ގޮތުގައިވާ ތަރި އަހަރެމެން ދުށިން. އެ ތަރި އިރުމަތީ ފަރާތުން އަހަރެމެންނަށް ފެނުމުން އަހަރެމެން މިއައީ އެ ކުއްޖާއަށް އަޅުކަން ކުރުމަށް ޓަކައި.⁠“