މައްތާ 25:15-27
މައްތާ 25:15-27 ކމ
ނަމަވެސް އެ އަންހެނާ އީސާގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”މާތްސާހިބާ. އަޅުގަނޑަށް އެހީތެރިވެ ދެއްވާ!“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ދަރިންނަށް ހުރި ކާނާ ގެންގޮސް ކުއްތާތަކަށް ކާންދިނުމަކީ ރަނގަޅު ކަމެއް ނޫން.“ އެ އަންހެނާ ދެންނެވިއެވެ. ”އާދެ. މާތްސާހިބާ. ނަމަވެސް ކުއްތާތައް އެތަކެތީގެ ސާހިބުގެ ކާމޭޒުމަތީން ވެއްޓިގެންދާ ތަކެތި ކައިހަދާ.“