މައްތާ 20:13-21
މައްތާ 20:13-21 ކމ
ހިލަ ބިމުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ ކޮބައި؟ އެ އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުތައް އުނގަންނައި ދެއްވުމުން އުފަލާއިއެކު އެބަސްފުޅު ގަބޫލުކުރި މީހުންގެ މިސާލު. ނަމަވެސް އެމީހުންގެ ހިތުގައި އެ އުނގެނުންތައް ފުންކޮށް ހަރުލާފައި ނުވޭ. ވީމާ އެމީހުންނަށް އެބަސްފުޅުތަކުގައި ހިފެހެއްޓިގެންވީ ކުރު މުއްދަތެއްގައި. އެމީހުންގެ މިސާލަކީ އަހަރެންގެ ބަސްތައް ގަބޫލު ކުރުމަށް ފަހު މުސީބާތްތައް ކުރިމަތިވުމުގެ ސަބަބުން އީމާންތެރިކަމުން އެއްކިބާވެގެންވާ މީހުންގެ މިސާލު.