މައްތާ 4:11-5
މައްތާ 4:11-5 ކމ
އީސާގެފާނު ޖަވާބުގައި އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް ފެނިފައިވާ ކަންތައްތަކާއި އަޑުއިވިފައިވާ ކަންތައްތަކުގެ ޚަބަރުތައް ތިޔަބައިމީހުން އެނބުރި ގޮސް ޔަޙުޔާގެފާނަށް ދެއްވާ. ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.