މައްތާ 32:10-33
މައްތާ 32:10-33 ކމ
އަނެކުންގެ ކުރިމަތީގައި ތިޔަބައިމީހުން އަހަރެންނަށް އީމާންވާ ކަމުގައި އެއްބަސްވާނަމަ، އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ތިޔަބައިމީހުންނީ އަހަރެންނަށް މިލްކުވެގެންވާ ބަޔަކު ކަމުގައި އަހަރެން ދަންނަވާނަން. އެކަމަކު އަނެކުންގެ ކުރިމަތީގައި ތިޔަބައިމީހުންނީ އަހަރެންނަށް އީމާންވެގެންވާ ބަޔަކު ނޫންކަމުގައި ބުނާނަމަ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ތިޔަބައިމީހުންނީ އަހަރެންނަށް މިލްކުވެގެންވާ ބައެއް ނޫންކަމުގައި އަހަރެން ދަންނަވާނަން.“