ފެށުން 28:27-29
ފެށުން 28:27-29 ކމ
މާތްކަލާނގެ އެ މައިދާނުގައި ފުރިހަމައަށް ގޮވާން އަޅާނެ ފަދައިން ގިނައިން ވާރޭ ފޮނުއްވާނެ. އެގޮތުން ދަރިފުޅުގެ މައިދާނުގައި ގިނަގުނަ ގޮވާމާއި މޭބިސްކަދުރު ހެދޭނެ. އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.“