ފެށުން 2:24-4
ފެށުން 2:24-4 ކމ
އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ގޭގެ ކަންތައް ބަލަހައްޓާ އެންމެ ދުވަސްވީ ޚާދިމަށް ވިދާޅުވިއެވެ. ”އަހަރެންގެ ދަރިފުޅު އިސްޙާޤުގެ ކައިވެންޏަށް މި ކަންޢާނުގެ އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ޚިޔާރު ނުކުރުމަށް އަހަރެންގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ، މާތްކަލާނގެ ގަންދީ ހުވާކުރޭ. އޭގެ ބަދަލުގައި އަހަރެންގެ ބަފައިކަލުންގެ ރަށަށް ގޮސް އަހަރެންގެ ގާތްތިމާގެ މީހުންގެ ތެރެއިން އަހަރެންގެ ދަރިފުޅު އިސްޙާޤަށް އަނތްބަކު ހޯދައިދީ.“