ގަލާތިޔާގެ މަސީޙީންނަށް ސިޓީ 15:2-16
ގަލާތިޔާގެ މަސީޙީންނަށް ސިޓީ 15:2-16 ކމ
އަހަރެންނާއި ކަލެއާ މިއީ ބަނީއިސްރާއީލު މީހުން. އަހަރެމެން ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާންވެތިބި މީހުންނަށް އެނގޭ، އަހަރެމެންނަށް ދިންނެވުން ލިބިފައިމިވަނީ އަހަރެމެން އަމުރުފުޅުތަކާއި ގަވާއިދާ އެއްގޮތަށް ކަންތައް ކުރާތީއެއް ނޫންކަން. އަހަރެމެން ދިންނެވިފައި މިވަނީ އީސާގެފާނު ގަބޫލުކޮށް އީމާންވުމުގެ ސަބަބުން. އެހެނީ އެއްވެސް މީހަކަށް އެމީހަކު ކުރާކަންތައް ތަކެއްގެ ސަބަބަކުން މާތްރަސްކަލާނގެ ރުއްސެވުމެއް ނުހޯދޭނެ.