YouVersion Logo
Search Icon

މަންދޫބުންގެ މަސައްކަތް 26:28-27

މަންދޫބުންގެ މަސައްކަތް 26:28-27 ކމ

’⁠ތިމަންކަލާނގެ މީސްތަކުންގެ ގާތަށް ގޮސް މި ފަދައިން ބުނާށޭ. ކަލޭމެންނަށް ތިމަންކަލާނގެ ބަސްފުޅުތައް އިވޭނެއޭ. އެކަމަކު ކަލޭމެންނަކަށް އެ ބަސްފުޅުތަކުގެ މާނައެއް ނުވިސްނޭނޭ. ތިމަންކަލާނގެ ކުރައްވާ ކަންތައްތައް ތިޔަބައިމީހުން ދެކޭނޭ. އެ ކަންތައްތައް ކަލޭމެންނަށް ފެނުނު ނަމަވެސް އިހުސާހެއް ނުކުރެވޭނެ. އެއީ އެމީހުންގެ ހިތްތަށް ވަނީ ގާވެ ހަރުވެފައޭ. އަދި އެމީހުންގެ ކަންފަތްތައް ވަނީ ބީރުވެފައޭ. އަދި އެމީހުންގެ ލޯތައް ވެސް ވަނީ މެރިފައޭ. އަދި އެމީހުންނަކަށް ތިމަންކަލާނގެ ކިބައަށް އެނބުރި ރަނގަޅު ވުމަށް އެދޭކަށް ވެސް ހިތަކަށް ނާންނާނެއޭ. އެހެންނަމަ ތިމަންކަލާނގެ އެމީހުން ރަނގަޅުކޮށް ދޭހުށީމޭ.⁠‘