YouVersion Logo
Search Icon

މަންދޫބުންގެ މަސައްކަތް 17:26-18

މަންދޫބުންގެ މަސައްކަތް 17:26-18 ކމ

ތިމަންކަލޭގެފާނު ކަލޭ ބަނީއިސްރާއީލު މީހުންނާ އަދި ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންގެ ކިބައިން ވެސް ސަލާމަތް ކުރައްވާނަމޭ. ތިމަންކަލޭގެފާނު ކަލޭ މި ފޮނުވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށޭ. ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“