މަންދޫބުންގެ މަސައްކަތް 2:2-4
މަންދޫބުންގެ މަސައްކަތް 2:2-4 ކމ
ކުއްލިއަކަށް އުޑުން އައި ގަދަ ވައިގަނޑެއް ކަހަލަ އަޑެއް އިވުނެވެ. އެ އަޑުން އީސާގެފާނުގެ މައްޗަށް އީމާންވާ މީހުން ތިބި ގެ ގުގުމައިގެން ދިޔައެވެ. އަދި އަލިފާނުގެ ހުޅުކޮޅުތަކެއް ފަދަ އަލިތަކެއް އުދުހެމުން ދާ ތަން އެމީހުން ދުއްޓެވެ. މި އަލިކޮޅުތައް އައިސް އެ ގޭތެރޭގައި ތިބި އެންމެންގެ ބޯ މައްޗަށް ޖެއްސިއެވެ. އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.