YouVersion Logo
Search Icon

މަންދޫބުންގެ މަސައްކަތް 23:11-24

މަންދޫބުންގެ މަސައްކަތް 23:11-24 ކމ

ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދުވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ. ބަރުނައްބާސް އަކީ ރަނގަޅު މީހެކެވެ. އޭނާ ވަނީ މާތްރޫޙުފުޅުގެ ފުރިހަމަ ބާރުގެދަށުގައެވެ. އަދި އޭނާގެ އީމާންކަން ވެސް ވަރުގަދައެވެ. ބަރުނައްބާސް އެ ރަށަށް ދިއުމަށް ފަހު ވެސް އިތުރު އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ.