އީސާގެފާނު އެކަލޭގެފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދެވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅަކީ މިބުނާ ފަދައިން ހިނގާކަމެއް. ދަނޑުވެރިޔާ އޭނާގެ ދަނޑު ހެއްދުމަށްޓަކައި އޮށްތަކެއް އިންދަ. އޭނާ ރޭގަނޑާ ދުވާލު ނިދިޔަސް އަދި ހޭލާ ހުރިކަމުގައި ވިޔަސްމެ. އޭނާއަށް ކަންހިނގާ ގޮތް އެނގިގެން ނުވިޔަސް ދަނޑުގައި އިންދުނު އޮށްތަކުން ގޮވާމުގެ މަތިވަރު ލިބޭ.