އެއަށް ފަހު މާތްރޫޙުފުޅު އީސާގެފާނަށް ސަހަރާގެ ތެރެއަށް ވަޑައިގަތުމަށް މަގުދެއްކެވީ އިބިލީސް އީސާގެފާނަށް ވަސްވާސްތައް ދިނުމަށެވެ. އީސާގެފާނު ސާޅީސް ދުވަހާއި ސާޅީސް ރޭ އެއްވެސް އެއްޗެއް ފަރީއްކުޅުވުމެއް ނެތި ރޯދައަށް ހުންނެވިއެވެ. އެހިނދު އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ބަނޑުހައިގެންފައެވެ.