ޕިލާތުސް އެމީހުން ކުރެން އެހިއެވެ. ”އަލްމަސީޙާއޭ ކިޔާ އީސާއަށް އަހަރެން ހަދަންވީ ކިހިނެއްތަ؟“ އެބައިމީހުން ޖަވާބު ދިނެވެ. ”އޭނާ ސަލީބަށް އަރުވާ!“
ނަމަވެސް ޕިލާތުސް ބުންޏެވެ. ”އޭނާގެ ކުށަކީ ކޮބާ؟“ އެމީހުން އެއަށްވުރެވެސް ބާރަށް އަޑުގެކޮޅަށް ގޮވަމުން ދިޔައެވެ. ”އޭނާ ސަލީބަށް އަރުވާ!“