ނަމަވެސް ތިޔަބައިމީހުންގެ ތެރޭގައި އަމަލުތައް ހުންނަން ޖެހޭނޭ ގޮތަކީ އެއީ ކަމުގައި ވެގެން ނުވާނެ. ތިޔަބައިމީހުންގެ ތެރޭގައި މަތިވެރިކަމަށް އެދޭ މީހާ ވާންޖެހޭނީ އަނެކުންގެ ޚާދިމަކަށް. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ އިސް މީހަކަށް ވުމަށް އެދޭ މީހާ ވާންޖެހޭނީ އަނެކުންގެ އަޅަކަށް. އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި އޭނާގެ ފުރާނަވެސް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.“