ނަމަވެސް ނަގާފައި ހުރި ގަދަ ކޮޅިގަނޑާއި އަދި ކަނޑުގައިވާ ބިޔަ ރާޅުތައް ޕަތަރަސްއަށް ފެނުނު ހިނދު އޭނާ ބިރުގަތެވެ. އަދި އޭނާ ގެނބެން ފަށައިފިއެވެ. އެ ހިނދު އޭނާ މިހެން ގޮވާ ހަޅޭލެވިއެވެ. ”މާތްސާހިބާ، އަޅުގަނޑު ސަލާމަތް ކޮށްދެއްވާ!“
ކުއްލިއަކަށް އީސާގެފާނު ޕަތަރަސްގެ އަތުގައި ހިއްޕަވާ ނެންގެވުމަށް ފަހު ވިދާޅުވިއެވެ. ”ތިބާގެ އީމާންތެރިކަމުގެ ކުޑަކަމާއޭ! ތިބާ ޝައްކު ކުރީ ކީއްވެ؟“