1
ލޫކާސް 18:4-19
ކިތާބުލް މުޤައްދަސާ
”އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް މަތިވެރި މާތްރަސްކަލާނގެ ރަޙުމަތުގެ ފެށުން ފާޅު ކުރުމަށެވެ.“
Compare
Explore ލޫކާސް 4:18-19
2
ލޫކާސް 8:4
އީސާގެފާނު މިފަދައިން ވިދާޅުވެ ޖަވާބު ދެއްވިއެވެ. ”ބާވައިލެއްވިގެން ވަނީ މިފަދައިން: ’ސަޖިދަ ކުރަން ވާނީ ހަމައެކަނި އެއްކައުވަންތަ މަތިވެރި ރަސްކަލާނގެ ކިބަފުޅަށޭ. އަދި އީމާންވާން ޖެހޭނީ ވެސް ހަމައެކަނި އެކަލާނގެއަށޭ.‘“
Explore ލޫކާސް 4:8
3
ލޫކާސް 4:4
އީސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވިގެންވާ ފަދައިން: ’މީހަކަށް ދިރިހުރުމަށްޓަކައި ހަމައެކަނި ބޭނުން ވަނީ ކާއެއްޗިއްސެއް ނޫން.‘“
Explore ލޫކާސް 4:4
4
ލޫކާސް 1:4
މާތްރޫޙުފުޅު އީސާގެފާނަށް އެންގެވީ އުރުދުން ކޯރު ދޫކުރެއްވުމަށް ފަހު މީހުން ނޫޅޭ ހިސާބުގެ ތެރެއަށް ވަޑައިގަތުމަށެވެ. އެކަލޭގެފާނު ވަނީ މާތްރޫޙުފުޅުން ފުރިފައެވެ.
Explore ލޫކާސް 4:1
5
ލޫކާސް 12:4
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”މާތްރަސްކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ވެ ވޮޑިގެންވާ ކަލާނގެ ކަން ކަށަވަރު. ނަމަވެސް މާތްރަސްކަލާނގެ މިފަދައިން ވެސް ވަޙީކުރެއްވި: ’އެއްކައުވަންތަ މަތިވެރި މާތްރަސްކަލާނގެ މިންވަރުފުޅު ކުރައްވާނެ ގޮތަކީ ކޮބައިތޯ އަޖުމަ ބެލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނޭ.‘“
Explore ލޫކާސް 4:12
6
ލޫކާސް 13:4
އީސާގެފާނުގެ ކިބައިން ފާފައެއް ކުރުވުމަށް އިބިލީސް މިހުރިހާ ގޮތްގޮތުން މަސައްކަތް ކޮށް ވެސް ކާމިޔާބު ނުވުމުން އެވަގުތަށް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ.
Explore ލޫކާސް 4:13
7
ލޫކާސް 5:4-8
ދެން އިބިލީސް އެކަލޭގެފާނު ވަރަށް އުސް ހިސާބަކަށް ގެންދިޔައެވެ. އަދި ދުނިޔޭގެ ހުރިހާ ޤައުމުތަކެއް އެކަލޭގެފާނަށް ކުއްލި މަންޒަރެއްގެ ގޮތުގައި ދެއްކިއެވެ. އަދި އިބިލީސް ބުންޏެވެ. ”ކަލޭގެފާނު އަހަރެންނަށް ސަޖިދަކޮށްފި ނަމަ އަހަރެން ކަލޭގެފާނަށް މިހުރިހާ ޤައުމުތަކުގެ ވެރިކަން ކުރުމުގެ ބާރާއި އެޤައުމުތަކުގެ މުއްސަނދިކަން މިލްކުކޮށް ދޭނަން. އަހަރެންނަށް އެތަކެތި އަހަރެން ބޭނުން މީހަކަށް މިލްކު ކޮށްދިނުމުގެ ބާރު ލިބިގެން ވޭ. އެއީ މި ތަކެތީގެ މިލްކުވެރިއަކީ އަހަރެން.“ އީސާގެފާނު މިފަދައިން ވިދާޅުވެ ޖަވާބު ދެއްވިއެވެ. ”ބާވައިލެއްވިގެން ވަނީ މިފަދައިން: ’ސަޖިދަ ކުރަން ވާނީ ހަމައެކަނި އެއްކައުވަންތަ މަތިވެރި ރަސްކަލާނގެ ކިބަފުޅަށޭ. އަދި އީމާންވާން ޖެހޭނީ ވެސް ހަމައެކަނި އެކަލާނގެއަށޭ.‘“
Explore ލޫކާސް 4:5-8
8
ލޫކާސް 9:4-12
އެއަށް ފަހު އިބިލީސް އެކަލޭގެފާނު ޖެރޫސަލަމަށް ގެންދިޔައެވެ. އަދި ބައިތުލް މަޤްދިސްގެ އެންމެ އުސް ތަނަށް އެކަލޭގެފާނު ގެންގޮސްފައި ބުންޏެވެ. ”މިތަނުން ތިރީގައި އެވާ ބިމަށް ފުންމަވާ ލައްވާ. އެކަމުން ކަލޭގެފާނަށް އެއްވެސް ހާނިއްކައެއް ނުވާނެ. ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުންނެއް ނޫން ތޯ؟ އެއީ ބާވައިލެއްވި ފޮތްތަކުގައި ލިޔެވިގެން ވޭ. ’މަތިވެރި މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުންނަށް ކަލޭގެފާނު ފަރުވާތެރި ކަމާއިއެކު ހިމާޔަތް ކުރުމަށް އަމުރުފުޅު ކުރައްވާނެއޭ.‘ އަދި ’އެމަލާއިކަތުން ކަލޭގެފާނު ހިލަތަކުގެ މައްޗަށް ވެއްޓުނަ ނުދެއްވާ އެ މަލާއިކަތުންގެ އަތްޕުޅުތަކުގެ މައްޗަށް އުފުއްލައްވާނެއޭ.‘“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”މާތްރަސްކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ވެ ވޮޑިގެންވާ ކަލާނގެ ކަން ކަށަވަރު. ނަމަވެސް މާތްރަސްކަލާނގެ މިފަދައިން ވެސް ވަޙީކުރެއްވި: ’އެއްކައުވަންތަ މަތިވެރި މާތްރަސްކަލާނގެ މިންވަރުފުޅު ކުރައްވާނެ ގޮތަކީ ކޮބައިތޯ އަޖުމަ ބެލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނޭ.‘“
Explore ލޫކާސް 4:9-12
YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy
Home
Bible
Plans
Videos