1
ފެށުން 28:27-29
ކިތާބުލް މުޤައްދަސާ
މާތްކަލާނގެ އެ މައިދާނުގައި ފުރިހަމައަށް ގޮވާން އަޅާނެ ފަދައިން ގިނައިން ވާރޭ ފޮނުއްވާނެ. އެގޮތުން ދަރިފުޅުގެ މައިދާނުގައި ގިނަގުނަ ގޮވާމާއި މޭބިސްކަދުރު ހެދޭނެ. އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.“
Compare
Explore ފެށުން 27:28-29
2
ފެށުން 36:27
ޢީސޫ ދެންނެވިއެވެ. ”ޔަޢުޤޫބު އެއީ އެކަލޭގެފާނަށް ކިޔުން އެންމެ އެކަށީގެންވާ ނަން. ދެފަހަރުމަތިން އެކަލޭގެފާނު އަހަރެންނަށް އޮޅުވާލައިފި! އެއީ ދޮށީ ދަރިއެއްގެ ގޮތުން އަހަރެންނަށް ލިބެންޖެހޭ ޙައްޤާއި އަދި މިފަހަރު އަހަރެންނަށް ލިބެންޖެހޭ ބަރާކަތް!“ ޢީސޫ އިސްޙާޤުގެފާނަށް އިތުރަށް ދެންނެވިއެވެ. ”ބައްޕާފުޅާ، އަޅުގަނޑަށްޓަކައި ހަމަ އެންމެ ބަރަކާތެއް ވެސް ނެތީތޯ؟“
Explore ފެށުން 27:36
3
ފެށުން 39:27-40
އެ ހިނދު އިސްޙާޤުގެފާނު މިފަދައި ދެންނެވިއެވެ. ”ދަރިފުޅު ދިރިއުޅެމުން ގެންދާނީ އެ މައިދާންތަކަކަށް ފެން ލިބުން މަދު އަދި ގޮވާންކުރުން ދަތި މައިދާންތަކުގަ. ދަރިފުޅުގެ ދިރިއުޅުން ބިނާވާނީ ދަރިފުޅުގެ ކަނޑީގެ ބޭނުން ކޮށްގެން. އަދި ދަރިފުޅު ވާނީ ދަރިފުޅުގެ ކޮއްކޮގެ ޚާދިމެއްގެ ގޮތުގަ. ނަމަވެސް ދަރިފުޅަށް ކެތްނުވެގެން ދެކޮޅުވެރިވެގަތުމުން އެކަލޭގެފާނުގެ އަތްދަށުން ދަރިފުޅު ސަލާމަތް ވެދާނެ.“
Explore ފެށުން 27:39-40
4
ފެށުން 38:27
ނަމަވެސް ހުއްޓާނުލައި ޢީސޫ އާދޭސްކޮށް ދަންނަވަމުން ގެންދެވިއެވެ. ”ބައްޕާފުޅާ، އަޅުގަނޑަށްޓަކައި ބައްޕާފުޅު އެއްފަހަރު ނަމަވެސް ބަރަކާތް ނުލައްވާނުތޯ؟ އަޅުގަނޑަށްޓަކައި ބަރަކާތް ލައްވަވާ!“ މިހެން ބުނުމާއެކު ކަރުނައަޅާ ރޯންފެށިއެވެ.
Explore ފެށުން 27:38
YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy
Home
Bible
Plans
Videos