ޕަތަރަސް ބުންޏެވެ. ”އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟ އެ ބިމަކީ ކަލޭގެ އަމިއްލަ ބިމެއް. ވީއިރު އެބިން ވިއްކާލުމާއި ނުލުން ވަނީ ކަލޭގެ އިޚުތިޔާރުގަ. އަދި އެބިން ވިއްކާލާއިގެން ލިބުނު ލާރިއަކީ ވެސް ކަލޭ ބޭނުންގޮތަކަށް އެއިން ކަން ކުރުމަށް ވާ ކަލޭގެ އަމިއްލަ ފައިސާ. ވީއިރު ކަލޭ ތިޔަ ގޮތަށް ސިއްރުން ކަން ކުރުމުގެ ބޭނުމަކީ ކޮބައި؟ ކަލޭ ތިޔަ ދޮގުހެދީ އަހަރެމެންނަކަށް ނޫން. ކަލޭ ތިޔަ ދޮގުހެދީ މާތްރަސްކަލާނގެ ކިބަފުޅަށް.“
އޭނާ މި ބަސްތަކުގެ އަޑު އިވުމުން ބިންމައްޗަށް ވެއްޓި ހަމައެވަގުތު މަރުވިއެވެ. މި ވީ ކަންތަކުގެ އަޑު އިވި މީސްތަކުންގެ މެދުގައި ބިރުވެތިކަން ފެތުރުނެވެ.