ދެން ޕަތަރަސް އެމީހާގެ ކަނާއަތުގައި ހިފާ ނެގިއެވެ. އެވަގުތު އޭނާގެ ފައިގައި ބާރުޖެހުނެވެ. ދެން އޭނާ ފުންމައިގެން ދެފައި މައްޗަށް ކޮޅަށް ތެދުވެ ހިނގަން ފެށިއެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ޕަތަރަސްއާއި ޔޫޙަންނާ އާއި އެކު ބައިތުލް މަޤްދިސްގެތެރެއަށް ދިޔައެވެ.